⛈️Vihsaara iru kurevidhaane dua thah | rahkaatheyri vumuge gothun kurevidhaane kantha thah |Kids|
HTML-код
- Опубликовано: 6 ноя 2024
- ވަރަށް ވިއްސާރަ ދޯ! ⛈️☔ ވައިގަދަވުމުން، ގުގުރާއިރު، ވާރޭ ވެހޭއިރު، ވާރޭ ވެހުމުން އަދި މާ ގިނައިން ވާރޭ ވެހުމުން ކުރެވިދާނެ ދުޢާތައް ދަސްކޮށްލަމާ އަދި ދަރީންނަށް ދަސްކޮށްދެމާ! އަދި ވިއްސާރައިރު ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކަށް ސަމާލުވެލަމާ! އަދި އަދި އެހެން ބޭފުޅުންނަށް ވެސް ހިއްސާކޮށްލަމާ! ❤️
ވާރޭ ވެހޭ ވަގުތަކީ ދުޢާ އިޖާބަ ކުރެވޭ ވަގުތެއް! ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުން ސަލާމަތް ކޮށްދެއްވުމަށް ދުޢާ ކުރުން ގިނަ ކުރައްވާ!
ޔާ ﷲ އަނިޔާ ލިބެމުންދާ އެންމެހައި ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުން ރައްކާތެރި ކުރައްވާނދޭވެ! އަދި އެބައިމީހުންނަށް ކެތްތެރިކަމާއި ޘާބިތުކަން ދެއްވާނދޭވެ! އަދި އެބައިމީހުންގެ ހައިހޫނުކަން ފިއްލަވާނދޭވެ! އެބައިމީހުންގެ ކަރުހިއްކުން ފިއްލަވާނދޭވެ! އެބައިމީހުންގެ ހިތާމަތައް ފިއްލަވާނދޭވެ! އަދި އަނިޔާވެރިން ނިކަމެތި ކުރައްވާ ބަލި ކުރައްވާނދޭވެ! އަދި އިސްލާމީ އުންމަތަށް ނަޞްރު ދެއްވާނދޭވެ! އާމީން
#thuhthuislaamyveshi #Islamic_Parenting #IslamicVideos #Dhonthi_Kokko